ޖޭއެސްސީގައި އިންނަވާ ރައީސްގެ މެންބަރަކަށް ލަތީފާ ގާސިމް އައްޔަން ކުރައްވައިފި

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިންނަވާ މެމްބަރަކަށް ލަތީފާ ގާސިމް އައްޔަން ކުރައްވައިފިއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަރުޖަމާންގެ މަގާމުގައި ކުރިން ހުންނެވި ލަތީފާއަށް އެމަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގެ ކުރިން، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ކުރިމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ލަތީފާވަނީ ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމުގެ ކެމްޕެއިނުގައި އުޅުއްވާ އިކުރާމު އަބުދުލް ލަތީފުގެ އަނބިކަނބަލުން ލަތީފާ ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އަހުމަދު ސަލީމު (ރޭނިސް ސަލީމް) އެމަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ. ރޭނިސް ސަލީމު ވަކިކުރެއްވީ އޭނާ ގޭންގުތަކެއް ބޭނުންކޮށްގެން ބަޔަކަށާއި ބިރު ދެއްކި ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކައި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ