ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާމިގިލީ ދާއިރާގެ ފަރާތުން ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ކުރިންވެސް އެދާއިރާގެ ޓިކެޓް ކަށަވަރުކޮށްފައިވާ މުހައްމަދު ހަމްދާންއަށް ލިބިއްޖެއެވެ.
ހަމްދާންއަށް ޓިކެޓް ލިބުނު ނަމަވެސް އޭނާ ވަނީ އެފަހަރު ނަން އަނބުރާ ގެންދަވާފައެވެ. އެހެންވެ އެމްޑީޕީން ވަނީ މިއަދު އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލާފައެވެ.
އެ ދާއިރާގެ ޕްރައިމަރީ އަލުން ހުޅުވާލުމުގެ ވަގުތު މިއަދު މެންދުރު 12 ޖެހިއިރަށް ހަމަވިއިރު ނަން ހުށައެޅުއްވީ ހަމްދާން އެކަނި ކަމުން ޕްރައިމަރީ އަކާ ނުލާ އޭނާއަށް ޓިކެޓް ދިނުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.
މާޗް 22 ގައި ބާއްވާ އިންތިހާބުގައި، އެމްޑީޕީން މަޖިލީހުގެ 85 ދާއިރާ އަށް ވެސް ވާދަކުރެ އެވެ.
މާމިގިލީ ދާއިރާގެ ޓިކެޓް އަނެއްކާވެސް ހަމްދާންއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ