ފަސޭހަކަމާއެކު ރަޔޯ މައްޗަށް ކުރި ހޯދާ ބާސާއިން މަގާމް ދަމަހައްޓައިފި

0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރަޔޯ ވައެކާނޯގެ މައްޗަށް ކުރި ހޯދާ ބާސާއިން ލީގުގެ އެއްވަނަ މަގާމް ދަމަހައްޓައިފިއެވެ.
ބާސާ އެއްވަނައިގައި އޮތީ 60 ޕޮއިންޓާއެކީގައެވެ.ހަމަ މިއަދަދަށް ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ބާސާއަށް އެއްވަނަ މަގާމް ލިބެނީ ލަނޑުގެ ތަފާތުންނެވެ.މި ދެ ޓީމަށް ވުރެ އެއްމެޗް މަދުން ކުޅެގެން ތިންވަނައިގައި 57 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑްއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް އެޓީމަށް މެޗުގެ ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފުލްބެކް އެޑްރިއާނޯއެވެ. ފެބްރިގާސް ދިން ޕާހަކުން ބާސާގެ ދެވަނަ ގޯލް މެޗުގެ 37 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް ލައިނަލް މެސީއެވެ.މެސީ ދިން ޕާހަކުން ބާސާގެ ތިންވަނަ ގޯލް މެޗުގެ 53 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒްއެވެ.
ފެބްރިގާސް ދިން ޕާހަކުން ބާސާގެ ހަތަރުވަނަ ގޯލް މެޗުގެ 56 ވަނަ މިނެޓްގައި އެޓީމުގެ ޒުވާން ފޯވާޑް ޕެޑްރޮ ރޮޑްރިގޭޒް ކާމިޔާބުކޮށްދިން އިރު ސަންޗޭޒް ދިން ޕާހަކުން ބާސާގެ ފަސްވަނަ ގޯލް މެޗުގެ 68 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ. އަދި މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބާސާގެ ފަހު ގޯލް ކާމިޔާބުކޮށްދިނީ އަނިޔާއިން ސަލާމަތްވެ އަލުން ކުޅުމުގެ ތެރެއަށް އައި ނޭމާއެވެ.
ރޭ ލީގުގައި އެތްލެޓިކޯ މެޑްރިޑާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗް 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެތްެލެޓިކޯ މެޑްރިޑުންނެވެ.
އެތްލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 3 ވަނަ މިނެޓްގައި ރައުލް ގާސިޔާ ކާމިޔާބުކޮށްދިން އިރު އޭގެ މިނެޓެއްފަހުން އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ފޯވާޑް ޑިއޭގޯ ކޯސްޓާއެވެ.އަދި އެޓީމުގެ ތިންވަބަ ގޯލް މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިއޭގޯ ގޮޑީންއެވެ.
ލަލީގާގައި މިރޭ ރެއާލް މެޑްރިޑް ނިކުންނާނީ ރަށުން ބޭރުގައު ގެތާފޭއާ ދެކޮޅަށެވެ.މި މެޗް ފަށާނީ މިރޭ ރާއްޖެގަޑިން 21:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ