ގާޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކަށް އިޒްރޭލް ސިފައިން ދިން ހަމަލާތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ތުރުކީގެ ރައްޔިތުން މުޒާހަރާ ކުރަމުން އެބަދޭ

19:00ގާޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކަށް އިޒްރޭލް ސިފައިން ދިން ހަމަލާތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ތުރުކީގެ ރައްޔިތުން މުޒާހަރާ ކުރަމުން އެބަދެ އެވެ.އަލްޖަޒީރާއިން މައުލޫމާތުދޭ ގޮތުގައި ދިހަހާސް ޓަނުގެ އެހީގެ ތަކެތި ހިފައިގެން ގާޒާއަށް ދަތުރުކޮށްފައި ދިޔަ ބޯޓުތަކަށް އިޒްރޭލް ސިފައިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ އާ ގުޅިގެން ތުރުކީގެ ރައްޔިތުން ދަނީ މަގުތަކަށް އެއްވެ އިޒްރޭލާ މެދު އެމީހުންގެ ހިތްތަކުގައި އުފެދިފައިވާ ނަފްރަތުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. އަދި މިމުޒާހަރާތައް މައިގަނޑު ގޮތެއްގައި ހިނގަމުންދަނީ ވެރިރަށް އަންކާރާ އާއި އިސްތަންބޫލްގައި ކަމަށް ވެސް އަލްޖަޒީރާއިން ބުނެ އެވެ.މިހާދިސާ އާ ގުޅިގެން ތުރުކީގެ ސަރުކާރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިގޮތުން ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ އިޒްރޭލަށް ކަނޑައަޅާފައި ހުންނަ އެގައުމުގެ ސަފީރު އެނބުރި ގައުމަށް އައުމަށް އަމުރު ނެރެފަ އެވެ. އަދި އ.ދގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ވެސް ތުރުކީ އިން ވަނީ ގޮވާލާފަ އެވެ.މިކަމާ ގުޅިގެން އިޒްރޭލް ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުން ތުރުކީ އަށް ނުދިޔުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި މިވަގުތު ތުރުކީގައި ތިބި އިޒްރޭލްގެ ރައްޔިތުން، އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި މާބޮޑަށް ހާމަވެގެން ނޫޅުމަށް ވެސް އިޒްރޭލް ސަރުކާރުން ގޮވާލާފައިވެ އެވެ.އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އިޒްރޭލް ސިފައިން ގާޒާގައި ދިން ހަމަލައާ ގުޅިގެން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 19 އަށް އަރައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ