ވަތަނިއްޔާ ޕްރިޕެއިޑް އިންވެސް މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފި

މިސްކިތް ފަންޑަށް ޝެއިޚް އުސްމާން އަބްދުﷲ ފައިސާ ހަދިޔާ ކުރަނީ. ދިއިސްލާމް ފޮޓޯ: އަޝްވާގުވަތަނިއްޔާ ޕްރިޕެއިޑް އިންވެސް މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.އިސްލާމިކް މިނިސްޓްރީއިން ދިއިސްލާމްއަށް މިއަދު މައުލޫމާތު ދީފައިވަނީ މިއަދުން ފެށިގެން ވަތަނިއްޔާ ޕްރިޕެއިޑް މެދުވެރިކޮށް 10، 50 އަދި 100 ގެ މަގުން މިސްކިތް ފަންޑަށް ފައިސާ ޖަމާ ކުރެވޭނެކަމަށާއި މިހާރުވެސް ގިނަ ބަޔަކު އެގޮތަށް ފައިސާ ފޮނުވަމުންދާކަމަށެވެ. މިނިސްޓްރީއިން ހާމަކޮށްފައިވަނީ މޯބައިލް މެދުވެރިކޮށް ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ވަތަނިއްޔާ ކަސްޓަމަރުންގެ ތެރެއިން ޕްރިޕެއިޑް ބޭނުންކުރާ ފަރާތްތަކަށް އެކަނިކަމަ ށެވެ.ޕްރިޕެއިޑް މެދުވެރިކޮށްފައިސާ ޖަމާކުރާނެ ގޮތަކީ:MF (space) 10 to 4512 MF (space) 50 to 4513 MF (space) 100 to 4514ދާދިފަހުން ދިރާގު ކަސްޓަމަރުންނަށްވެސް މިސްކިތް ފަންޑަށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސާ އެކަން ވަނީ ޢިއުލާން ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ