ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ނަޝީދު ހުންނެވީ ޕީޕީއެމްގައި - ޕީޕީއެމް ޕީޖީ

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ސަރުކާރު ހިންގާ ޕީޕީއެމްއިން ވަކިވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ދޮގުކޮށްފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށް ގެންދާ ޕީޕީއެމް އެމްޑީއޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ނޫސް ކޮންފަރެންސްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ނަޝީދު ހުންނެވީ ސާބިތު ކަމާއިއެކު ޕީޕީއެމްގައި ކަމަށެވެ.
"ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްދާޒް މުހައްމަދު ނަޝީދަކީ ޕީޕީއެމްގެ ވަރަށް ސައްހަ މެމްބަރެއް،" ނިހާން ވިދާޅުވިއެވެ.
އަދި މިހާރު ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރުވެސް ވާހަކަދައްކަމުން މިދާ ދަނޑިވަޅުގައި، ސަރުކާރުގެ އިޤްތިސާދީ އެޖެންޑާގައި ހިމެނޭ ވަރަށް މުހިންމު ބާބެއް ކަމުގައިވާ އެސްއީޒީ ބިލުގެ ޤަވާއިދުގެ މަސައްކަތް ކުރައްވަނީ އެމަނިކުފާނު މިހާރުވެސް،" ނިހާން ވިދާޅުވިއެވެ.
ދާދި ފަހުން، ސޯޝަލް މީޑިޔާގައި ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ޕީޕީއެމްއިން ވަކިވެވަޑައިގަންނަވާނެކަމުގެ ވާހަކަތަް ވަނީ ފެތުރިފައެވެ.
މުހައްމަދު ނަޝީދަކީ، އިޤްތިސާދީ ޚާއްސަ ސަރަހައްދުތަކުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ