މާލެއަށް ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަނީ

މާލެއަށް ކަރަންޓް ކެނޑެން މެދުވެރިވި ސަބަބު ސްޓެލްކޯއިން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެ ކުންފުނިން ނިހާޔަތަށް މަޢާފަށް އެދޭކަަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިއްޔެމާލެއިން ކަރަންޓު ކެނޑެން މެދުވެރިވީ އެމްޑަބްލިޔުއެސްސީ އަށް ކަރަންޓު ދިނުމަށް ވަގުތީގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކޭބަލް ޝޯޓް ސާކިޓް ވުމުގެ ސަބަބުން ކަމަށެވެ.
އިއްޔެ 1:00 ޖަހާ އެހާކަންހާއިރު، މުޅި މާލެއިން ކަރަންޓާއި، ފެނުގެ ހިދުމަތް މެދު ކެނޑުނުއިރު، މުޅި މާލެއަށް ކަރަންޓް ދެވުނީ ކަރަންޓް ކެނޑުނުތާ ހަތަރު ގަޑިއެއްހާ އިރު ފަހުންނެވެ.
ސްޓެލްކޯއިން ބުނީ، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެކުންފުނިން އިތުރަށް ތަހުގީގު ކުރަމުން ދާއިރު، އެކަމާއި ގުޅުން ހުރި މައުލޫމާތުތައް، އެ ކުންފުނީގެ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ