2018 ވަނަ އަހަރު އަންނައިރު ރާއްޖެ އޮންނާނީ ދުނިޔޭގެ ފެންވަރަށް ބެލި ނަމަވެސް ވިޔަފާރިއާއި އިންވެސްޓްމަންޓަށް އެންމެ ފަހި ޤައުމުގެ ގޮތުގައި ކަމަށް އިޤްޠިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ސަޢީދު މިމޭރުމުން ވިދާޅުވީ "ޑުއިންގ ބިޒްނަސް އިން މޯލްޑިވްސް އަ ޖުޑީޝަލް ޕަރސްޕެކްޓިވް ކޮލޯކިއަމް" ގެ ނަމުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ޝަރުޢީ ދާއިރާ ގުޅިގެން މިއަދު ފެށި ކޮލޯކިއަމް، 2016 ފެށުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިއަށާއި އިންވެސްޓްމަންޓްތަކަށް އެންމެފަހި ޤައުމަށް ހެއްދެވުމަށް ރައީސް ޢަބްދުﷲ ޔާމީން ނިންމަވާފައިވާ ނިންމެވުން ވީހައި އަވަހަކަށް އަދި ވީހައި ފުރިހަމައަކަށް ތަންފީޒްކުރެއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 7 ސެޕްޓެމްބަރު 2015 ގައި ޓްރޭޑް ފެސިލިޓޭޓް ކޮމިޓީގެ ނަމުގައި ކޮމިޓީއެއް ވަނީ އުފައްދަވާފައި ކަމަށެވެ.
މުޙައްމަދު ސަޢީދު ވިދާޅުވީ ވިޔަފާރި އާއި ގުޅުންހުރި ހުރިހައި ދާއިރާތަކުން ތަމްސީލުކުރާ މިކޮމިޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވޭ ކަމަށެވެ. އެހެންކަމުން 2018 ވަނަ އަަހރު ޜާއްޖެ އޮންނާނީ ދުނިޔޭގެ ފެންވަރުގައިވެސް ވިޔަފަރިއަށާއި އިންވެސްޓްމަންޓަށް އެންމެ ފަހި ޤައުމުގެ ގޮތުގައި ކަމަށެވެ.
2018 އަންނައިރު ރާއްޖެ އޮންނާނީ ވިޔަފާރިއަށް އެންމެ ފަހި ޤައުމުގެ ގޮތުގަ: މުޙައްމަދު ސަޢީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ