ރ.އަލިފުށީ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ރ.ވާދޫގެ ގޭގެއަށާއި ފިހާރަތަކަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުން ބުނީ މި މާޗު މަހުގެ 15 ވަނަ ދުވަހު ކުރިއަށްގެންދިއަ މި ޕްރޮގްރާމުގައި ރ.ވާދޫގެ ގޭގެއަށް ޒިޔާރަތްކޮށް ގޯތި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކައި ފައިސާ ގެންގުޅުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން ގޭގައި ބޮޑެތި އަދަދުތަކުން ފައިސާ ރައްކާކޮށްފައި ނުބެހެއްޓުމަށާއި ގޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި ވިޔަފާރިކުރާ ފާރަތްތަކުން ސަމާލުކަން ދޭންވީ ކަންކަމާއި ސީސީޓީވީ ހަރުކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށާއި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީ އެފަދަ ކަންކަމަށް ސަމާލުވުމަށާއި އެފަދަ ކޯލްތަކަށް އިޖާބަ ނުދިނުމަށް އިލްތިމާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ރ.އަލިފުށީ ޕޮލިސް ސްޓޭޝަނުން ވަނީ ވާދޫ ކައުންސިލް މެމްބަރުންނާއި ވާދޫ ސްކޫލުގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށާއި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ކައުންސިލާ ސްކޫލް އަދި ފުލުހުން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ހިންގިދާނެ ޕްރޮގްރާމްތަކާއި ގުޅޭގޮތުންނާއި އެ ދެ މުއައްސަސާއަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެހިތެރިކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ރ. ވާދޫގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ