އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ސްރީލަންކާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަރަތް ޑެ އަބްރޫ ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައި ބުނެފައ ވަނީ ފަނޑިޔާރު ސަރަތް ޑެ އަބްރޫ ހައްޔަރުކުރީ އޭނާގެ ގޭގައި މަސައްކަތްކުރާ 39 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ އަންހެން މީހާ އެކަމަށް ދެކޮޅު ހެދުމުން ފަޑިޔާރު ސަރަތް ޑެ އެބްރޫ ވަނީ އޭނާއަށް ޖިސްމާނީ އަނިޔާވެސް ކޮށްފައި ކަމަށް އެ އަންހެން މީހާގެ ރައްޓެހިންނާ ހަވާލާދީ ލަންކާގެ ނޫސްތަކުގަިއ ބުނެފަިއ ވެއެވެ.
ފަނޑިޔާރު ސަރަތް ޑެ އަބްރޫ ފުލުހުންގެ ބެލުމުގެ ދަށުން މެޖިސްޓްރޭޓް ކޯޓަކަށް ވެސް މިހާރު ވަނީ ހާޒިރުކޮށްފަ އެވެ. އަދި ކޯޓަށް ހާޒިރުކުރުމުން ވަނީ ކަފާލާތަށް 3،800 ޑޮލަރު ނުވަތަ ބައި މިލިއަން ރުޕީޒް ދެއްކުމުން ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން ސަރަތް ޑެ އެބްރޫއާއެކު ބެންޗުގައި މަސައްކަތް ނުކުރުމަށް ބާ އެސޯސިއޭޝަން އޮފް ސްރީލަންކާ އިން ވަނީ ގޮވާލާފައެވެ.އަދި މި މައްސަލާގައި ހިމެނޭ ފަނޑިޔާރާ މެދު ވަގުތުން ހައްގު ފިޔަވަޅު އެޅުމަށް އެދި ބާ އެސޯސިއޭޝަނުން ވަނީ ރައީސް މައިތްރިޕާލާ ސިރިސޭނާއަށް ސިޓީއެއް ފޮނުވާފައި ކަމަށް ލަންކާގެ ނޫސްތަކުގަިއ ބުނެފައި ވެއެވެ.
ލަންކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް މެދުވެރިކޮށެވެ. އަދި އަންނަ އޯގަސްޓް މަހުގެ އާއްމު އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ލަންކާގެ ގާނޫނު ހަދާ މަޖިލިސް މިދިޔަ މަހު ވަނީ އުވާލާފައެވެ.
ސަރަތު ޑި އަބްރޫ އަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު ދިނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި މެއި، 2014 ގަ އެވެ. ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި 2011 ވަނަ އަހަރު ވެސް ވަނީ އިސްތިއުނާފް ކޯޓެއްގެ ބެންޗުން ސަރަތު ޑި އަބްރޫ ސަސްޕެންޑް ކޮށްފަ އެވެ.
އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ލަންކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ