ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މައުމޫން ފެކްޝަނުން ރޭ ޝީ ބިލްޑިންގްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ކުރެވޭނެ ދައުވާ އަކީ ގަވާއިދާ ޚިލާފަށް މީހަކު ހިހެފެއްޓުމުގެ ދައުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބަކީ ދެ އަހަރު ނުވަތަ ތިން އަހަރުގެ ޖަލު ހުކުމެއް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމަށް ގެންނަން އެއްވެސް ހާލެއްގައި ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކާ މެދު ވެސް އަމަލު ކުރަންޖެހޭނީ އަދުލުވެރި ކަމާއި އިންސާފުވެރިކޮށް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވިގޮތުގައި ޝެއިޚް އިމްރާންގެ މައްޗަށް ތުހުމަތު ކުރެވެނީ އެއްވުމެއްގެ ތެރެއިން މަސްލަހަތު ނަގާލި ކަމުގެ ތުހުމަތު ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ. އަދި އެފަދަ ކުށެއް ކުރިނަމަ އޭގެ ހުކުމަކީ ހަ މަސް ދުވަސް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފުލުހުން ހޯދި ފިސްތޯލައިން ނާޒިމްގެ ފިންގާ ޕްރިންޓެއް ވެސް ޑީއެންއޭ އެއްވެސް ނުފެންނަ ކަމަށާއި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ އެ ފިސްތޯލައިން ފެނިފައިވާ ކަމަށެވެ. އަދި އެ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު ރިޕޯޓު ދިވެހި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރުވެސް އެ މައްސަލާގައި އިންސާފުވެރި ހުކުމެއް ކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދާއި އިމްރާނަށް ޓެރަރިޒަމްގެ ދައުވާއެއް ނުކުރެވޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ