ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓަންޓެއް ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓަންޓެއް ހޯދަން އިއުލާންކޮށްފި އެވެ.
އެތަނުން ބުނީ ހޮސްޕިޓަލްގެ ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުގައި ކްލިނިކަލް ސައިކޮލޮޖީގެ ހިދުމަތް ދިނުމަށް ކޮންސަލްޓެންޓެއް ބޭނުންވާތީ މޯލްޑިވްސް އެލައިޑް ކައުންސިލްގައި ކްލިނިކަލް ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އަދި އެ ދާއިރާ އިން ތަޖުރިބާ ލިބިފައިވާ މީހުންނަށް ކުރިމަތިލާން ހުޅުވައިލާ ކަމަށެވެ.
އެގޮތުން ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓަންޓްގެ މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި މަހުގެ 25 އެވެ.
އެ މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން މީހަކު ހޮވުމުގައި ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާ އިން މަސާއިރާއިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާބިލުކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އިންޓަވިއަށް ބަލާނެ އެވެ.
ކްލިނިކަލް ސައިކޮލޮޖިސްޓް ކޮންސަލްޓަންޓްގެ މުސާރަ އަށް 45،000-50،000ރ. އާ ދެމެދު އަދަދެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ