ފުރަތަމަ ހަތަރު މަހު ޒަކާތު ފަންޑުން ކެންސަރު ބަލިމީހުންނަށް 1.52 މިލިއަން ޚަރަދުކޮށްފި
މިއަހަރުގެ ފުރަތަމަ ހަތަރު މަހު ޒަކާތު ފަންޑުން ކެންސަރު ބަލިމީހުންނަށް 1.52 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ޖަނަވަރީން ފެށިގެން އެޕްރިލްއާ ހަމައަށް ޒަކާތު ފަންޑުން މިސްކީނުންނާއި ފަގީރުންގެ ބޭސްފަރުވާއަށް ދެވުނު އެހީގެ ތަފުސީލުތައް ހާމަކޮށްފައެވެ. މި ތަފާސްހިސާބުތައް ދައްކާ ގޮތުން، އަހަރުގެ ފުރަތަމަ ހަތަރު މަހު ވަނީ 370 މީހަކަށް އެހީ ދީފައެވެ. އޭގެތެރެއިން އެންމެ ގިނަ އަދަދެއް އެހެނިހެން ބަލިތަކަށް ހޭދަކޮށްފައި ވާއިރު، ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ހަރަތު މަހު ވެސް ކޮށްފައިވަނީ ކެންސަރަށެވެ. އެގޮތުން އެހެނިހެން ބަލިތަކަށް ހަތަރު މަސްތެރޭ 2.95 މިލިއަން ޚަރަދުކޮށްފައި ވާއިރު، ކެންސަރަށް ޚަރަދުކޮށްފައި ވަނީ، 1.52 މިލިއަން ރުފިޔާއެވެ. ތިންވަނައަށް އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ ސިކުނޑީގެ ބަލިތަކަށެވެ. އެއީ ހަތަރު މަސްތެރޭ 814،812.38 ރުފިޔާއެވެ. އިތުރު ބަލިތަކަށް ހޭދަކޮށްފައިވާ އަދަދުތައް: ފުއްޕާމޭގެ ބަލިތަކަށް: 112،157 ރުފިޔާ ހިތުގެ ބަލިތަކަށް: 169،614.74 ރުފިޔާ ޓްރާންސްޕްލާންޓް: 481،822 ރުފިޔާ ކިޑްނީ ބަލިތައް: 258،902.5 ރުފިޔާ ޒަކާތު ފަނޑުން ޒަރޫރީ އެހީގެ ގޮތުގައި ވެސް އެހީ ފޯރުކޮށްދެއެވެ. އެއީ، ޚާއްސަ ހާލަތެއް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ޒަކާތުފަނޑުން ދޭ އެހީއެވެ. މި އެހީގެ ދަށުން ވޭތުވެދިޔަ ހަރަތު މަހު ހޭދަކޮށްފައިވަނީ: ޖަނަވަރީ: 20،481.00 ރުފިޔާ ފެބްރުއަރީ: 20,480.03 ރުފިޔާ މާރިޗު: 3,397.94 ރުފިޔާ އެޕްރިލް: 42,500.00 ރުފިޔާ ފަގީރުންނާއި މިސްކީނުންގެ އިތުރުން ދީނީ އެކިއެކި ކަންކަމަށް މި ފަންޑުން ޚަރަދުކުރެއެވެ. އެގޮތުން ދީނީ ކަންކަމަށް ހަތަރު މަސްތެރޭ ކޮށްފައިވާ ޚަރަދުތަކަށް ބަލާއިރު: ޤުރުއާން ދަސްކުރުމަށާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް: 1.16 މިލިއަން ރުފިޔާ ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށް: 1.16 މިލިއަން ރުފިޔާ ޓްރެއިނިންގް ކޯސްތައް ހިންގުމަށް: 1000 ރުފިޔާ ފޮތް ތަރުޖަމާ ކުރުމަށް: 578،460.00 ރުފިޔާ ޒަކާތު ފަނޑުން ބުނީ، މިއީ އެސްއޭޕީ ސިސްޓަމުން ނަގާފައިވާ ޓްރަސްޓް ފަންޑުގެ ޚަރަދުތަކުގެ ހިސާބަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުތަކެއް ކަމަށެވެ. އެހެންކަމުން ސިސްޓަމުން ޚަރަދުތަކަށް ގެންނަ ބަދަލުތަކާ ގުޅިގެން ނުވަތަ ޚަރަދު ޕޯސްޓުކުރާ މިންވަރަކުން މި ރިޕޯޓުގައިވާ ޚަރަދަށް ފަހުން ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށް ކަޒާތުފަނޑުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ