އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަންނަން މަޖުބޫރުވެފައިވާ ކަޅު ބާޒާރުން ޑޮލަރެއް ވިއްކާ އަގު 19.40ރ. އަށް އުފުލިއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހާ ވާހަކަ ދެއްކި ރާއްޖޭގެ ބޮޑެތި ބައެއް ވިޔަފާރިވެރިން ބުނީ، މީގެ ދެތިން ދުވަސް ކުރިން ފެށިގެން، 19.40ރ. އަށް ވެސް ޑޮލަރު ލިބެން ދަތިވެ، ރާއްޖޭން ބޭރުން މުދާ އެތެރެ ކުރަން ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.
"މިއަދު ޑޮލަރު މިހުރީ 19.40 ރުފިޔާއަށް. ބޭންކުން ޑޮލަރެއް ނުލިބޭ، އެހެން ގޮތަކަށް ވެސް ޑޮލަރެއް ނުލިބޭ. މިދާވަރުން ދާނަމަ ވިޔަފާރިތައް ހުއްޓޭ ހިސާބަށް ދާނެ،" ވިޔަފާރިވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
"ކުރާ މަސައްކަތްތަކަށް، ދޭ ހިދުމަތަކަށް ސަރުކާރުން ލާރި ދެނީއެއް ނޫން. ޑޮލަރެއް ލިބެނީއެއް ނޫން. މުސާރަ ދޭން ވެސް ލޯނު ނަގަން ޖެހޭ ހިސާބަށް ކަންކަން ދާނެ ކަމަށް ފެންނަަނީ."
އަގުބޮޑުކޮށް ވެސް ޑޮލަރު ގަންނަން ނުލިބޭއިރު މައްސަލަ ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ނުކުރާ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.
"އެހެންވެ، ރާއްޖޭން ބޭރުގެ ކުންފުނިތަކާއި އެޖެންޓުންނަށް ޑޮލަރުން ޕޭމެންޓު ހަދަން އިންތިހާއަށް ދަތިތައް އެބަހުރި. މިދާވަރުން ދާނަމަ ޑޮލަރުގެ އަގު ވިއްސަށް ވެސް އަރާނެ،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ޑޮލަރުގެ އަގު އުފުލި، ބޭންކުތަކުން ޑޮލަރު ސަޕޯޓަށް ދޭ އިންސައްތަ ދަށްކޮށްފައި މި ވަނީ ޓޫރިޒަމް ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ބޭރު ފައިސާގެ 90 ޕަސެންޓު އެމްއެމްއޭއަށް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ކުރިން އެމްއެމްއޭއަށް މާރުކުރަން ޖެހެނީ ކޮންމެ ހަފުތާއަކު މާރުކުރާ ފައިސާގެ 60 ޕަސެންޓެވެ.
ޑޮލަރުގެ އަގު އުފުލެމުން އަންނަ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ސަރުކާރުން ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދަށްވަމުން ގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބެން ފަށާނީ 2027 ގައި ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވާން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ޑޮލަރު މާރުކުރަން މަޖުބޫރިކުރި ފަހުން ޑޮލަރު އަގު ދުވަހެއް ދުވަހަށް ދަނީ މަތިވަމުންނެވެ. ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ.
- އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ އަދި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ.
- ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލަށް. ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން 5 މޭލާއި 15 މޭލަށް. ވިލާގަނޑުގައި 40 މޭލަށް.
- އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ. ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެން ވަރަކަށް މަޑުވާނެ.
- އުތުރުގެ އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދު. ދެކުނުގެ އަތޮޅުތަކުގައި 2 ފޫޓާއި 4 ފޫޓަށް
ހުލާސާކޮށް އިއްޔެ: ޑޮލަރުގެ އަގު ތިރިއެއް ނުވި، މިހާރު 19.40ރ. އަށް ހުލާސާކޮށް އިއްޔެ: ޑޮލަރުގެ އަގު ތިރިއެއް ނުވި، މިހާރު 19.40ރ. އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ