ވޯޓެއްގެ ތަފާތުން ވިލިމާލެ ގޮނޑި ޕީޕީއެމަށް، ވޯޓު އަލުން ގުނަން އެމްއެންޕީން އެދެނީ

މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ވިލިމާލެ ދާއިރާއަށް މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެންމެ ވޯޓެއްގެ ތަފާތުން ޕީޕީއެމުން ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވީ ފާތިމަތު ނާޒިމާ (ފާތުން) އެވެ. އެމްއެންޕީގެ ޓިކެޓުގައި ނުކުންނެވީ އާމިނަތު ޝީޒާ އެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާއަށް ލިބިވަޑައިގަތީ 359 ވޯޓެވެ. ޝީޒާއަށް ލިބިވަޑައިގަތީ 358 އެވެ.
ނަމަވެސް އިންތިހާބުގެ ވޯޓު ގުނާފައި ވަނީ ބާތިލު ވޯޓާ އެކު ކަމަށް ބުނެ އެމްއެންޕީން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
ވިލިމާލޭ ދާއިރާގެ ޑަބްލިއުޑީސީ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ހުޅުމާލޭގައި ހިނގި ސައިކަލު އެކްސިޑެންޓެއްގައި މަރުވުމުންނެވެ. އޭނާ އަކީ އޭރު ކޮމިޓީގެ ނައިބު ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ