މައުމޫން ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވައިފި

1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ދިވެހިރާއްޖޭގެ ކުރީގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އަދި ޕީ.ޕީ.އެމްގެ އިންތިޤާލީ ރައީސް، އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ޕީ.ޕީ.އެމްގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ޕާރޓީގެ ރައީސްގެ ނަމުގައްޔާއި، އެ ޕާރޓީގެ ކައުންސިލްގެ މެމްބަރުންނާއި، އެ ޕާރޓީގެ ޕާލަމަންޓްރީ ގުރޫޕާއި، އެ ޕާރޓީގެ އެންމެހައި އޮފީސް ސްޓާފުންގެ ނަމުގައި ރަމަޟާން މަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
މި ބަޔާން ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި، ތިޔާގިކަން މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ