ޖެނުއަރީ މަހުގެ 17 އިން 19 އަށް ދަރުބާރުގޭގައި ބާއްވާ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުކުރާ ކެންޑިޑޭޓަކު  ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރުގެ ކޮންގްރެސް ކެމްޕޭން ލޯންޗުކުރުން މާދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.              
"ޓީމު އުމަރު" މިނަމުގައި ކެމްޕެއިން ކުރަމުންދާއިރު އުމަރު ޓީމުން ނެރެފައިވާ ނޫސް ބަޔާނެއްގައިބުނެފައިވަނީ މާދަމާރޭ 9:30 ގައި އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ދިޓީވީން ވަގުތުން ދުރަށް ދައްކާނެ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމާއި ބެހޭ މާބޮޑު ތަފްސީލެއް އުމަރު ޓީމުން ހާމައެއް ނުކުރެ އެވެ.
އުމަރު ޓީމުން ބުނީ ކެމްޕެއިން ލޯންޗްކުރުމުގެ އިވެންޓުގެ ތެރޭ ކޮންގްރެސްގެ މަގާމްތަކަށް މިހާރު ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން އުމަރު ނަސީރު ތާއީދު ކުރައްވާ ބޭފުޅުން އިއުލާންކުރެވިގެންދާނެ ކަމަށެވެ. 
ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އުމަރުގެ ތާއީދު އޮތް ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ނާއިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ގެމަނަފުށީ ދާއިރާގެ އިލްހާމް އަހުމަދަށް އެކަންޏެވެ.
ޕީޕީއެމްގެ ކޮންގްރެސް ބޯމަތިވެފައިވާއިރު އެކި ސަޕޯޓަރުންނާއި ކެންޑިޑޭޓުންގެ މެދުގައި މިހާރު ވެސް ބަހުގެ ހޫނު ހަމަލާތައް ދަނީ ބަދަލުކުރެވެމުންނެވެ.
    
    އުމަރު ކޮންގްރެސް ކެމްޕެއިން ލޯންޗްކުރުމުގެ ހަފްލާ މާދަމާރޭ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
            