ރިޔާސީ އިންތިޚާބަށް ބޭނުންވާ ފައިސާ ތާށި ކަމެއްނެތް: ފުއާދު

ރިޔާސީ އިންތިޚާބު ބާއްވަން ބޭނުންވާ ފައިސާ އެއްވެސް ތާށިކަމެއްނެތި ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވީ ބަޖެޓްގެ ކަންތައްތަކާއި ފިނޭންސް މިނިސްޓްރީއާއެކު ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކޮށްފައިވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ ޚަރަދުތައް ދެނެގަނެ އެކަންކަމުގެ ތަފްސީލް ފިނޭންސް މިނިސްޓްރީއާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.
"ފިނޭންސްއާއިއެކު ކުރެވުނު މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ނިކުމެފައިވޭ. އިންތިޚާބަށްޓަކައި ބޭނުންވާ ފައިސާ ލިބޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓްރީންދޭ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިތައް ކޮމިޝަނުން ޤަބޫލު ކުރާ ކަމަށާއި ޚަރަދު ކުޑަ ކުރުމަށް މިއަހަރު އާ މަސައްކަތްތަކެއް ކޮމިޝަނުން ކުރާނެ ކަމަށެވެ. އަދި މިދިއަ އަހަރު ވެސް ކޮމިޝަނުން މަސައްކަތްކޮށްފައިވާނީ ވީހާވެސް ޚަރަދުކުޑަކޮށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ކަމަށް ފުއާދު ވިދާޅުވި އެވެ.
"މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ފޮށިތައް ކައިރީ މީހުން ބައިތިއްބާ އަދަދު މަދު ކުރުންފަދަ، ޚަރަދު ކު ޑަކުރުމަށް އެތައް ފިޔަވަޅެއް އެޅުމަށް މިހާރު ވަނީ ނިންމާފައި،"
ރިޔާސީ އިންތިޚާބަކީ ވެސް މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ހުރިހާ ސިޔާސީ ޕާޓީތަކާއި މީޑިޔާއާއި އާންމު ރައްޔިތުންގެ އެހީތެރިކަން އެކަމަށް ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ