މައުމޫން ފައުންޑޭޝަންގެ ސްކޮލަޝިޕް ހަ ދަރިވަރަކަށް ދީފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދާފައިވާ ފައުންޑޭޝަންގެ މި އަހަރުގެ ސްކޮލަޝިޕަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވި ހަ ދަރިވަރަކާ މިއަދު ސްކޮލަޝިޕް ހަވާލުކޮށްފި އެވެ. މައުމޫން ފައުންޑޭޝަނުން ބުނީ އިންޑިއާގެ ބެންގަލަރޫގަައި ހުންނަ ގާޑަން ސިޓީ ކޮލެޖުން މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި ހަތަރު ދާއިރާއަކުން ހޮވުނު ހަ ދަރިވަރުންނާ ސްކޮލަޝިޕް ހަވާލުކޮށްދެއްވީ، އެ ފައުންޑޭޝަންގެ އޮފީހުގައި މެންދުރު ފަހު ބޭއްވި ހަފުލާއެއްގައި މައުމޫން ކަމަށެވެ. މައުމޫން ފައުންޑޭޝަންގެ މި އަހަރުގެ ސްކޮލަޝިޕަށް ހޮވުނު ދަރިވަރަކާ، މައުމޫން މިއަދު ސްކޮލަޝިޕް ހަވާލުކޮށްދެއްވަނީ.---ފޮޓޯ: މައުމޫން ފައުންޑޭޝަން އެ ހަ ދަރިވަރުން ފުރިހަމަ ކުރާނީ ބީއެސްސީ-ބަޔޯޓެކްނޮލޮޖީ އާއި ބަޔޯ ކެމިސްޓްރީ އާއި ޖެނެޓިކްސް އާއި ބީއޭ- ޖާނަލިޒަމާއި ސައިކޮލޮޖީ އާއި އިންގްލިޝް އާއި ބީއޭ- ޓޫރިޒަމާއި ހިސްޓްރީ- ޖާނަލިޒަމް އަދި ބީކޮމް- ބެޗެލާ އޮފް ކޮމާސްގެ ދާއިރާއިންނެވެ. އެ ކޯސްތަކުގެ މުއްދަތަކީ ތިން އަހަރު ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. މައުމޫން ފައުންޑޭޝަންގެ މި އަހަރުގެ ސްކޮލަޝިޕަށް ހޮވުނު ދަރިވަރަކާ، މައުމޫން މިއަދު ސްކޮލަޝިޕް ހަވާލުކޮށްދެއްވަނީ.---ފޮޓޯ: މައުމޫން ފައުންޑޭޝަން ސްކޮލަޝިޕަށް ހޮވުނު ކަމުގެ ލިޔުން ހަވާލު ކޮށެއްވުމަށް ފަހު، ފައުންޑޭޝަންގެ ޗެއާމަން މައުމޫން ދެއްކެވި ވާހަކަފުޅުގައި ވަނީ، ލިބުނު ފުރުސަތުގެ ބޭނުން ވީހާ ވެސް ރަގަޅު ގޮތުގައި ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޯސްތައް ފުރިހަމަކޮށް، އެ ކުއްޖަކު ކިޔެވި ދާއިރާއަކުން ގައުމަށް ޚިދުމަތް ކޮށްދިނުމަށް ވެސް މައުމޫން އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ