ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން އެމައްސަލާގައި ހިމެނޭ ފަރާތްތައް ކޯޓުގެ ހުއްދަ ނެތި މާލެއިން ބޭރަށް ފުރައިގެން ނުދިއުމަށް މިއަދު އަންގައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޯޓުންވަނީ އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ފަސް ބޭފުޅުންނަށް ވެސް މި ލިއުން މިއަދު ފޮނުވާފައެވެ. ނަމަވެސް އޭގެތެރެއިން ބައެއް ބޭފުޅުންނަށް ލިއުން ހަވާލު ކުރެވިފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޯޓުން ފޮނުވާފައިވާ މި ލިއުމުގައި ބުނެފައިވަނީ އެބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާއި ގުޅިގެން ގާނޫނީ ވަކީލަކު އައްޔަން ކުރަން ބޭނުންވާ ނަމަ އެފުރުސަތު އެބައޮތް ކަމަށާއި މައްސަލައާއި ގުޅޭ ލިޔެ ކިއުންތައް ވެސް ލިބެން ހުރި ކަމަށެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިލިއުން މިހާރުވަނީ ރައީސް މުހައްމަދު ނަޝީދާއި ހަވާލު ކުރެވިފައެވެ. ރައީސް ނަޝީދުގެ ގާނޫނީ ވަކީލު މާރިޔާ އަހުމަދު ދީދީވަނީ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ކަމާއި ކޯޓުގެ ހުއްދަ ނެތި ރަށުން ބޭރަށް ވަޑައިނުގެންނެވުމަށް އަންގާފައިވާ ކަމަށް ޓްވީޓް ކުރައްވާފައެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދަށް ޗިޓު ހަވާލުކޮށްފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައެވެ.
އަބުދުﷲ ގާޒީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް މާލެއިން ބޭރަށް ނުދިއުމަށް ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ