މާފަންނު މެދު ދާއިރާގެ ރައްޔިތުން ނުކުމެ "މުޅި ދާއިރާ" ރީތިކޮށްލައިފި

މާފަންނު މެދު ދާއިރާގެ ރައްޔިތުން ގުޅިގެން މާފަންނު މެދު ދާއިރާ ސާފުކޮށްފިއެވެ.
އެ ދާއިރާގެ ރައްޔިތުން ނުކުމެ ސާފުކުރީ "ސާފު ރީތި މާފަންނު މެދު" މި ޝިއާރުގެ ދަށުންނެވެ.
މާފަންނު މެދު ދާއިރާ ސާފުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވިވެވަޑައިގެންނެވި މާލެ ސިޓީ ކައުންސިލުގައި އެ ދާއިރާ ތަމްސީލް ކުރައްވާ އަޒްރާ މޫސާ ސީއެންއެމަށް ވިދާޅުވީ، މިއަދު ހެނދުނު އަށަކުން ދިހައެއް ޖަހަންދެން ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ދާއިރާ ރައްޔިތުން ބައިވެރިވި ކަމަށެވެ.
"ފުރަތަމަ ފަހަރާ ބަލާފައި ވަރަށް ގިނަ މީހުން ނިކުތް، އަޅުގަނޑުމެން ވާނީ މި ޕްރޮގްރާމް ހިންގުމުގެ ކުރިން ބައިވެރިވާ ބޭނުންނާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އަންގާ ސިޓީ ވެސް ފޮނުވާ، މިއަދު ވެސް 100 އަށް ވުރެ ގިނަ މީހުން މި މަސައްކަތުގެ ތެރޭގައި އުޅުނު،" އަޒްރާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަމުން ވިދާޅުވީ، މިއަދު ސާފު ކުރި ކުރުމުން ގިނަ އަދަދެއްގެ ކުނި އެއްކުރެވުނު ކަމަށާއި ވެމްކޯގެ އެހީގައި އެ ކުނިތައް މިހާރު އުކާލެވިފައިވާ ކަމަށެވެ.
އަޒްރާ ވިދާޅުވީ، "ސާފު ރީތި މާފަންނު މެދު" ޝިޔާރުގެ ދަށުން ދެން ކޮންމެ މަހަކު ވެސް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކޮންމެ މަހެއްގެ ދެވަނަ ހަފްތާގައި މި ޕްރޮގްރާމް ގެންދާނަން،" އަޒްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދާއިރާ ސާފު ކުރުމުގެ އިތުރުން މާފަންނު މެދު ދާއިރާ ފެހި ކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ