ވެރިކަމުގެ ފަސް އަހަރު މަޑެއް ނުކުރެވޭނެ ކަމަށް ރައީސް ނަޝިދު ވިދާޅުވި: ގާސިމް
ރައީސުލްޖުމްހޫރިއްޔާ ކަން ކުރުމަށް ގާނޫނު އަސާސީގައި ދީފައިވާ ފަސް އަހަރުގެ ދައުރު ހަމަަވަންދެން މަޑު ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ދައުރުގެ މެދުން ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަަކަށް ވުމަށް ރައީސް ނަޝީދު އުޅުއްވާ ކަމަށް މީގެ ކުރިން ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ. މިރޭ ޖުމްހޫރީ ޕާޓީ މައި އިދާރާ، ކުނޫޒުގައި ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ވެރިކަން ކުރެއްވުމަށްފަހު ނަޝީދު އުޅުއްވަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް އަންނަން ކަމަށާއި ފަސް އަހަރުވަންދެން މަޑު ނުކުރެވޭނެ ކަމަށް ނަޝީދު އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ. "[ރައީސް ނަޝީދު] ރީތިކޮށް ސާފުކޮށް ބުނިވެސްމެ އަޅުނޑުމެން ކައިރީ. ތިމަންނާ ބޭނުންވަނީ. ތިމަންނާ އަކަށް ފަސް އަހަރުވަންދެން ނުހުރެވޭނެއޭ. އަޅުގަނޑު ކާއިރީ ބުނި ޔޫރަޕުގައި ހުއްޓާ ފޯނުކޯލެއްގައި" ރިޔާސީ އިންތިހާބުގެ ކުރީގައި ޔޫރަޕްގައި ހުންނަވަނިކޮށް ފޯނު ގުޅުއްވާ ނަޝީދު އޭނާ ގާތުގައި ވިދާޅުވި ކަމަށް ގާސިމް ވިދާޅުވިއެވެ. "ބަރުލަމާނީ ވެރިކަމެއް ގެންނަން މިއުޅެނީ ކީއްވެގެންތޯ. [ރައީސް] ސޯލިހަކީ އެމްޑީޕީ މެމްބަރެއް ނޫން. ރައީސް ނަޝީދު އެ އުޅުއްވަނީ ވެރިކަން ކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އަންނަ. އާއިމަ ދެން ކިހިނެތްތޯ ކަންތައް ވެގެން ދާނީ. ބަރުލަމާނީ އަކަށް ބަދަލުވީމަ އޭނަ އަމިއްލައަށް ޕްރައިމް މިނިސްޓަރު [ބޮޑު ވަޒީރަކަށް] ވާނަ އެއުޅެނީ،" މިރޭ ޖުމްހޫރީ ޕާޓީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް މަޖިލިސްގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ އަނެއްކާވެސް ބަޣާވާތު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ހުންނަވާނީ ރައީސް ނަޝީދު ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ. މިހާރުވެސް މި ސަރުކާރު ހަލާކުކޮށްލުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު [ގެ ސަރުކާރު] ވައްޓާލުމަށް ކުރާ ހުރިހާ ރޭވުމެއްގެ އަޑީގައި ރަނގަޅަށް ވިއްޔާ ހުންނާނީ އޭނަ [ރައީސް ނަޝީދު] އަޅުގަނޑުމެން އަދި ކަމެއް ކުރަން އުޅޭކަން އެގިވަޑައިގަނެއް ނޫން، ހަމަ ގައިމުވެސް ނުކޮށެއް ނުހުންނާނެ،"ގާސިމް ވިދާޅުވިއެވެ. https://sun.mv/116512 "ކާކުތޯ ބަގާވަތް ކުރަން އުޅޭނީ އޭނަ [ރައީސް ނަޝީދު] އަމިއްލައަށޭ ބަގާވާތް ކުރަނީ. ދެންވެސް ކުރާނީ އޭނާ. [ބަޣާވާތް ކުރަން] ރާވާނީ ވެސް އޭނާ،" ގާސިމް ވިދާޅުވީ އޭނާ ބަގާވަތް ނުކުރައްވާ ކަމަށެވެ. މިރޭ ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަ ކުރާ 32 ދާއިރާ އަށް ތާއީދު ކޮށްފައެވެ. އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ 27 ދާއިރާ އަށް ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ