ބަދަލުގެ ގޮތުގައި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާގެ ޢަދަދު ދެ ބިލިއަން ޑޮލަރަށްއަރާ: ފައްޔާޒު

ފާއިތުވި 10 ވަރަކަށް އަހަރު ސަރުކާރުން އަމިއްލަ މީހުންގެ ވިޔަފާރިތައް "ފުނޑާލަން" ކުރިމަސައްކަތުން އެވިޔަފާރިތަކަށް ގެއްލުމުގެ ބަދަލު ވަޒަންކުރި އިރު 3 ބިލިއަންޑޮލަރު އަރާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބިޒްނަސް އިމޭޖު ގުރޫޕް (ބިގް) އަށް ސަރުކާރުން 78 މިލިއަންރުފިޔާ ސަރުކާރުން ދިން މައްސަލާގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ފައްޔާޒާ މިއަދު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފައްޔާޒު ވިދާޅުވީ 2015 ވަނަ އަހަރުމާޗު  މަހުން ފެށިގެން އޭނާގެ އެއްވެސް ޙިއްސާއެއް އެކުންފުނީގައި ނޯންނާނެ ކަމަށެވެ. އެއއެހެންނަމަވެސް އޭނާގެ އެއްބަނޑު އެއްބަފާބޭބޭ ޙަސަން އިސްމާޢީލްގެ ޙިއްސާ އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކުންފުންޏަކީ އޭނާ ކުޑައިރުގެ އެކުވެރިންނާއި ތިމާގެ މީހުން ތިބެގެން އުފެއްދި ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 78 މިލިއަން ރުފިޔާ ބިގަށް ދިނުމަށް މިނިސްޓަރެއްގެ ޙައިސައްޔަތުން ސަރުކާރަށް އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ފާއިތުވި 10 ސަރުކާރުން ޢަމަލުކުރެއްވި ގޮތުން ގެއްލުން ލިބުނު ވިޔަފާރިތަކަށް ބަދަލު ދިނުމަށް ވަކާލާތު ކުރެއްވި ކަމަށް ވިދާޅުވިއެވެ. އެގޮތަށް ވަކާލާތު ކުރައްވާފައިވަނީ ސަރުކާރަށް ބުރަބޮޑުނުވާގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ ބިގަށް ފައިސާދޭން ކޯޓުން ޙުކުމް ކުރެއްވިއިރު އެ ކުންފުނީގައި އޭނާގެ އެއްވެސް މަސްލަޙަތެއް ނުހިމެނޭނެ ކަމަށެވެ. އެފައިސާދޭން ކޯޓުން އަމުރު ކުރެއްވީ 2016 ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ