ލޯންޗެއްގައި ރޯވެ، ދެ މީހަކަށް އަނިޔާވެއްޖެ

ތ. އަތޮޅު ރިސޯޓަކުން ފުރައިގެން ދަތުރު ކުރި ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ކޮމޯ މާލިފުށީ ރިސޯޓުގެ ލޯންޗެއްގަ އެވެ. އެ ލޯންޗުގައި ރޯވީ ތ. ގުރައިދޫއާ ކައިރި ކުރަނިކޮށެވެ.
އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ