ކޯޓުން ބޭރުގައި ކައިވެނިކޮށް، ކުއްޖަކު ބަލިވެއިން މައްސަލާގައި ދައުވާކޮށްފި
ކޯޓުން ބޭރުން ކުޑަކުއްޖަކާ ކައިވެނިކޮށް ޖިންސީ ގޯނާކުރުމުން އެކުއްޖާ ބަނޑުބޮޑުވި މައްސަލާގައި ހައްޔަރު ކުރި މީހާއާ ދެކޮޅަށް ދައުވާ އުފުލައިފި އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހއ. ފިއްލަދޫ، ޝެޑޯޒް، އަހުމަދު އައްފަތް، 23، މައްޗަށް ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ކަމަށެވެ. އެމީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުން އުމުރުކޮށްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުގައެވެ. އެމީހާގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ