ހަގު އަނބި ބަދުނާމު ކުރާތީ، ގާސިމް ހިތުގަ ޖެހިއްޖެ
ހަގު އަނބިކަބަލުން ރާނިޔާ އަހްމަދު ބަނދުނާމުވާ ގޮތަށް ބަޔަކު ވާހަކަ ދައްކާތީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަނާގެ ދިފާއުގައި ނުކުމެއްޖެ އެވެ. އުމުރުން 70 އަހަރުގެ ގާސީމް އުމުރުން 21 އަހަރުގެ ރާނިޔާއާ ކައިވެނި ބައްލައިވަގަތީ މިދިޔަ ބުދަ ދުވަހުއެވެ. ކައިވެނި ބައްލަވައިގެން ފަހުން، ރާނިޔާ ކަމަށް ބުނެ، ޝޯޝަލް މީޑިއާގައި އޭނާގެ ސްކްރީންޝޮޓްތަކަކާއި ބުރުގާ ނާޅާ ހުރި ފޮޓޯތަކެއް ދައުރުވިއެވެ. އެކަމާ ގުޅިގެން ގާސިމް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، ޝޯޝަލް މީޑިއާގައި އެ ދެކަނބަލުންގެ އަގުވައްޓާލަން ބަޔަކު ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާތީވެ، އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި ދައުރުވަމުންދާ ސްކްރީންޝޮޓްތަކާއި ފޮޓޯ ތަކަކީ، ބަޔަކު އުފައްދައިގެން އުޅޭ އެއްޗެއް ކަމަށް ގާސިމް ވިދާޅުވިއެވެ. "އެ ކަމަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިޔާގެ ފޭސްބުކް އެކައުންޓް ހެކްކޮށްގެން އެ އެކައުންޓު ހެކް ކުރި މީހުން އުފައްދައިގެން އުޅޭ ލިޔުމާއި ފޮޓޯ އެއީ[ދައުރުވަމުން ދަނީ]،" އެހާ ގިނައިން ޓްވީޓްކޮށް ނުހައްދަވާ ގާސިމް މިއަދު ކުރި ޓްވީޓްގައި ވިދާޅުވިއެވެ. ހަގު އަނބިކަބަލުން ރާނިޔާ ވަރަށް ބޮޑަށް ދިފާއު ކުރައްވާ ގާސިމް ވިދާޅުވީ، އެގޮތަށް ސްކްރީންޝޮޓްތަކާއި ފޮޓޯތައް ދައުރުކުރަމުން ދަނީ ރާނިޔާ ބެލެކްމެއިލް ކުރަން ކަމަށެވެ. "އޭރުވެސް ޕޮލިހުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިއީ ރާނިޔާ ބްލެކްމެއިލް ކުރަން ކުރި ކަމެއް. އެކަމަކު އެކަންވެސް ކާމިޔާބެއް ނުކުރެވުނު އިންޝާﷲ،" ގާސިމް ވިދާޅުވިއެވެ. https://twitter.com/qasimibrahim/status/1312706565531553793 ގާސިމް އަލަށް ކައިވެނި ކުރެއްވި ރާނިއާ އާއެކު ގާސިމްގެ ހަތަރު އަނބިން ތިއްބަވަ އެެވެ. އެކައިވެންޏާއެކު ޝޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް އެކި ވާހަކަތަކެއް ފެތުރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ