ކިރު ބޯކިބާ، ހަވީރު ސަޔަށް ވަރަށް މީރުވާނެ

ވަރުދާގެ މިފަހަރުގެ ހޮވާލުން މިއޮތީ ހަވީރު ސަޔާއި ގުޅިފައި އެވެ. މިފަހަރު މިއޮތީ ހަވީރު ސަޔަށް އިންސާފުކޮށްލުމަށް އެންމެ ރަނގަޅު ޗޮއިސްއެއްގެ ގޮތުގައި ތައްޔާރު ކޮށްލެވިދާނެ ''ކިރު ބޯކިބާ''އެވެ.
''ކިރު ބޯކިބާ'' ހަވީރު ސަޔަށް އެންމެ ރަނގަޅު ހޮވުމެއްގެ ގޮތުގައި މި ގެނެސްދެނީ ކުރީ ހަފުތާ ތަކެކޭވެސް އެއްގޮތަށް ތަފާތު ކެއުމުގެ ބާވަތެއް ގެނެސްދިނުމަށް، ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދުގެ އެހީތެރިކަމާއި އެކުގައި އެވެ.
މިގޮތުން ''ކިރު ބޯކިބާ'' ތައްޔާރު ކުރާނެ ގޮތްވެސް މި ގެނެސްދެނީ ވަރުދާ ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ރާނބާފަތު ފެނާއި މާފެން ބޭނުންކޮށްގެން ކިރުފެލާށެވެ. ފެންކިރާއި ބޯކިރު ވަކިން އެއްޗަކަށް އަޅާށެވެ. މާފެން ނުލިބޭނަމަ ފިނިފެން ވެސް ބޭނުންކުރެވިދާނެއެވެ. ދެން ފުން ތައްޓެއްގެ ތެރެއަށް ފުށާއި، ހަކުރާއި، ބިސް އަޅައި އެއްކޮށްލާށެވެ. ދެން ސަމުސަލަކުން ބޯކިރުފޮދު ނަގާށެވެ. ދެން ފުއްގަނޑު ތެރެއަށް އަޅާ ގިރަމުން ގެންދާށެވެ.
ބޯކިރު އަޅާ ނިމުމުން ފެންކިރުފޮދު ވެސް މައްޗަށް އޮލަކޮށްހުރިބައި، ސަމުސަލަކުން ނަގައި ފުއްގަނޑު ތެރެއަށް އަޅައި ގިރާލާށެވެ. ދެން ބާކީ ހުރި ކިރުފޮދު އެއްކޮށްލުމަށްފަހު ފުއްގަނޑު ރަނގަޅަށް ދިޔާވަންދެން ގިރާލާށެވެ.
ބޯކިބާގެ ދިޔާމިން ހުންނަންވާނީ ފުރޭނިން ފުރާނާލެވޭ ވަރަށެވެ.
އަވަން 200 ގައި ބެހެއްޓުމަށްފަހު ދޮންވުމުން، ޓްރޭއެއްގައި ތެޔޮފޮދެއް ހާކާލުމަށްފަހު، ކިރު ފުރޭނިން ފުރާނަމުން ޓްރޭއަށް އަޅާ، ރަތްކުލަ އަރަންދެން ފިހެލާށެވެ.
ހަވީރު ސަޔަށް ފޮނިކާއެއްޗެއް ތައްޔާރުކޮށްލަން ބޭނުން ނަމަ، ''ކިރު ބޯކިބާ'' ޚިޔާރު ކޮށްލުން ވާނީ ހަމަ ރަނގަޅު ނިންމުމަކަށެވެ. ތައްޔާރުކޮށްލަމާ ހިންގަވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ