ގެމަނަފުށީ ސްކޫލް ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ

ގއ. ގެމަނަފުށީ ސްކޫލްގެ ގްރޭޑް 10ގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވެއްޖެ އެވެ.
ގެމަނަފުށީ ސްކޫލްގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް އެ ސްކޫލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ދަރިވަރަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ ދިވެހި ޓީޗަރެއް ކަމަށާއި މައްސަލަ ތަހުގީގުކޮށް އޭނާ އާ މެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ބުނީ މިފަދަ މައްސަލައެއް ހުށަހަޅާފައި ނުވި ނަމަވެސް އެފަދަ ވާހަކަތަކެއް ދެކެވޭތީ އެކަމުގައި ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ ޓީޗަރު މި ވަގުތު ވަޒީފާއަށް ނުކުމޭތޯ ސުވާލު ކުރުމުން ގެމަނަފުށީ ސްކޫލުން އެ ކަމަށް އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ