މައުމޫނު ހަމީދަށް ވުރެ މާ ރަގަޅަށް ޤާނޫނު އަޞާސީ އެނގޭ ބޭފުޅުން ސަރުކާރުގައި އެބަތިބި – އަދުރޭ

މައުމޫނު ހަމީދަށް ވުރެ މާ ރަގަޅަށް ޤާނޫނު އަޞާސީ އެނގޭ ބޭފުޅުން ސަރުކާރުގައި އެބަތިބި ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރަމުންދަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ ރޭ މައުމޫނު ހަމީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވީ ގާނޫނުއަސާސީ އަކީ ހަމައެކަނި މައުމޫނު ހަމީދަށް އެނގޭ އެއްޗެއް ނޫން ކަމަށާއި މައުމޫނު ހަމީދަށްވުރެ މާ ރަނގަޅަށް ގާނޫނުއަސާސީ ދެނެވަޑައިގަންނަވާ ބޭފުޅުން ދިވެހި ސަރުކާރުގައި އެބަތިއްބެވިކަމަށެވެ.
އެގޮތުން ދައުލަތުގެ ބަންޑާރަ ނާއިބާއި އަދި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަށް، މައުމޫނު ހަމީދަށް ވުރެ މާބޮޑަށް ޤާނުނު އަސާސީ އެނގިވަޑާއިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ގާނޫނޫއަސާސީ އެނގޭނީ އިދިކޮޅުގައި ތިބޭ ވަކީލުންނަށް އެކަނި ނޫން ކަމަށާއި ގާނޫނުއަސާސީ ދިރާސާ ކުރެވޭނީވެސް ހަމައެކަނި އިދިކޮޅުގައި ތިބޭ ވަކީލުންނަށް ނޫން ކަމަށް ފާހަގކުރައްވަމުން އަދުރޭ ވިދާޅުވީ އިދިކޮޅު ވަކީލުން ދައްކާ ވާހަކަތަކަކީ އެއްވެސް ޙަޤީގަތެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް އިއްޔެ ފުލުހުން ބުނެފައިވަނިކޮށް، ރައީސް މައުމޫނާވެސް ފާރިސް އާވެސް އަދި ނަދީމް އާ ވެސް މިހާތަނަށް ތަޙުޤީގުގައި އެސްވެސް ސުވާލެއް ކޮށްފައި ނުވާ ރޭ މައުމޫނު ހަމީދު ވިދާޅުވެފައިވަތީ އަދުރޭ ވަނީ އެކަމާ ގުޅިގެންވެސް ވާހަކަފުޅުދައްކަވައިފައެވެ.
އަދުރޭ ވިދާޅުވީ ފުލުހުން ދޮގު ނުހަދާނެ ކަމަށާއި ވަކީލުން އުޅެނީ އޮޅުވާލަން ކަމަށެވެ.
މައުމޫނު ހަމީދަކީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެވެސް ގާނޫނީ ވަކީލެވެ. އަދި މައުމޫނު ހަމީދަކީ، ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށާއި ރައީސް ޔާމީނަށްވެސް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއްވެސް މެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒަށްވެސް ބަހުގެ ހަމަލާތަކެއް އަދުރޭ ވަނީ ރައްދުކޮށްފައެވެ. ރިޔާޒު މިވަގުތު ސިޔާސީ ހަރަކާތްތަކުން ނުފެންނަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުންނަށް އުމަރު ނަސީރާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަ ޖެއްސެވުމުން ހިތްހަމަ ނުޖެހިގެން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އަދި މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ރިޔާޒު ފެންނާނީ އަނެއްކާވެސް އެހެން ޕާޓީއަކުން ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ