ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ، މާލެ އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް، މިއަދު ހެންދުނު 08:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.
މޫސުމާއި ބެހޭ އިދާރާއިން މިކަން ހާމަކޮށް ބުނެފައިވަނީ، އެ ސަރަޙައްދުތަކަށް މިއަދު މެންދުރާއި ހަމައަށް، މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ބެލެވޭއިރު، ދެކުނުގެ އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނިގޮތުގައި، އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ