ގެއްލުމުގެ ބަދަލުގެ ގޮތުގައި އަބްދުއްރަހީމް އަތުން 1 މިލިއަން ރުފިޔާ ހޯދަން ރާއްޖެ ޓީވީން ހުށަހަޅައިފި

ރާއްޖެ ޓީވީއާ ގުޅޭ ގޮތުން މެމްބަރު އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އަބްދުއްރަހީމް ދެއްކެވި ވާހަކަތަކުގެ ސަބަބުން ރާއްޖެ ޓީވީ އާއި ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 މިލިއަން ރުފިޔާގެ ބަދަލު ނަގައި ދިނުމަށް އެދި ރާއްޖެ ޓީވީން ހުށަހަޅައިފި އެވެ. 
ރާއްޖެޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން ވިދާޅުވީ ރާއްޖެޓީވީން ގައުމުގެ އަމަންއަމާންކަން ނަގާލައި ރާއްޖެ ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުމަށް ރާއްޖޭޓީވީން މަސައްކަތްކުރާ ކަމަށާއި ރާއްޖެޓީވީ ބަންދު ކުރުމަށް އަބްދުއްރަހީމް މާޗް މަހު ގޮވާލައްވާފައިވާތީ، އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ސިވިލް ކޯޓަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ. 
ނިޝާން ވިދާޅުވީ އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަކެއް ކަމަށާއި ނަމަވެސް އަބްދުއްރަހީމްގެ އެ ވާހަކަތަކުން ރާއްޖެޓީވީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. 
މީގެއިތުރުން ނިޝާން ވިދާޅުވީ ރާއްޖެޓީވީގެ ދެ ނޫސްވެރިން ކަމަށްވާ އާމިރު ސަލީމާއި މުހައްމަދު ވިސާމާއި ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވި ވާހަކަތަކަކީ ވެސް އެ ދެ ނޫސްވެރިންގެ އަބުރަށް އަރައިގަތުން ކަމަށްވާތީ އެގޭ ބަދަލު އަބްދުއްރަހީމްގެ ފަރާތުން ހޯދުމަށް އެދިފައިވާނެ ކަމަށްވެސް ނިޝާން ވިދާޅުވި އެވެ.
މިމައްސަލައިގެ އިތުރުންވެސް ރާއްޖެޓީވީގެ ގިނަ މައްސަލަތަކެއް ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށް އެބަދެ އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ