ހުޅުމާލޭގައި އަޅާ ހުރަވީ ސްކޫލް ނައިބު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހުޅުމާލޭގައި އަލަށް އިމާރާތްކކުރަމުންދާ ހުރަވީ ސްކޫލް މިއަދު ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު ހުރަވީ ސްކޫލަށް މިއަދު މެންދުރުފަހު މި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ސްކޫލްގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ސްކޫލްގެ އިސްވެރިން ވަނީ ހުރަވީ ސްކޫލާ ބެހޭ ބައެއް މަޢުލޫމާތު އެމަނިކުފާނަށް އަރުވާފައެވެ.
މި ޒިޔާރަތުގައި ނައިބު ރައީސްގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ ގޮތުގައި ތަރައްޤީކުރާ ހުރަވީ ސްކޫލަކީ 1400 އަށްވުރެ ގިނަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. ސްކޫލްގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނައިރު މިހާތަނަށް 750 ކުދިން ވަނީ ސްކޫލަށް ވަނުމަށް ރަޖިސްޓްރީ ކޮށްފައެވެ. ހުރަވީ ސްކޫލްގައި 53 ކްލާސްރޫމް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ