ހެލިކޮޕްޓަރު އަނބުރާ ފޮނުވާލާނެ ވެރިޔަކީ އަޅުގަނޑު – އުމަރު

އިންޑިއާ އިން ރާއްޖެ އަށް "ހަދިޔާ" ކޮށްފައިވާ ކަމަށް ބުނާ، ނަމަވެސް އިންޑިއާގެ ކޯސްޓްގާޑް ސިފައިން ބޭނުން ކުރުމަށް ރާއްޖޭގައި ބާއްވާފައި އޮންނަ ދެ ހެލިކޮޕްޓަރު އަބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ފޭސްބޫކް ޕޭޖްގައި އުމަރު ވިދާޅުވެފައިވަނީ މި ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު ފޮނުވާލެވުނު ކަމަކަށް ނުވިކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މި ހެލިކޮޕްޓަރު ފޮނުވާލާނެ ވެރިޔަކީ އަޅުގަނޑެވެ."
އުމަރު މިހެން ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތަކުގެ ދަތުރުތައް ނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިދިޔަ ހަފްތާގައި ހެލިކޮޕްޓަރުގެ ދަތުރުތައް އަލުން ވަނީ ފަށައިފައެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ދުއްވާ ދެހެލިކޮޕްޓަރުގެ ބޭނުން ހިފުން ޔާމީންގެ ސަރުކާރުން ހުއްޓާލީ ހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އިންޑިއާ އިން ބުނި ނަމަވެސް ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ދިވެހިންނަށް ފުރުސަތު ނުދޭތީ އުފެދުނު ދެބަސްވުންތަކުގެ ސަބަބުންނެވެ.
އިންޑިއާ އިން ފުރަތަމަ އެއްބަސްވީ ދެއަހަރު ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ދިވެހި ސިފައިން ޓްރޭނިންކޮށް ދިވެހިންނާއި ހެލިކޮޕްޓަރުތައް ހަވާލުކުރާށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތައް އިންޑިއާ އިން އަމަލު ކޮށްފައެއް ނުވެއެވެ.
ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.
ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ