ސަމާލުވޭ، މޫސުން ވަރަށްވެސް ގޯސް: އެމްއެންޑީއެފް

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިޝަތަައް ދަނީ ހިނގަަމުންނެވެ. އަދި އެފަދަ ގިނަ ހާދިސާތަކުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބެމުންދާކަމަށް އެެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރަށް، ޚާއްސަ ކޮށް ކުދި އަނގަމަތި، ދޯނިފަހަރާއި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ދަތުރު ކުރައްވާ އިރު ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އިލްްތިމާސް ކޮށްފައެވެ.
ކަނޑު މަތީ ގައި އެއްވެސް ހާދިސާއެއް ހިނގާފިނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށްވެސް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ