ރާއްޖޭގެ ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީނާއެކު
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަން އެންމެ ފުރަތަަމަ އިއުލާން ކުރެއްވި ބޭފުޅާއެއެވެ. އެމަނިކުފާނަަށް ފަހު އިތުރު ދެބޭފުޅަކު މިހާރު ވެރިކަމަށް ކުރިމަތި ލައްވާނެކަން އިއުލާން ކުރައްވާފައިވާއިރު ، ވެރިކަމަށް ކުރިމަތިލައްވާނެކަމަށް ދެން ވިދާޅުވާ ބޭފުޅުންނަކީ ގާނޫނީ ގޮތުން އެކަމަށް ކުފޫ ހަމަވާ ފަރާތްތަކެއް ނޫނެވެ.ރައީސް ޔާމީނަށްފަހު އިތުރު ދެ ބޭފުޅުން ވެރިކަމަށް ކުރިމަތިލައްވާނެކަން އިއުލާންކުރައްވާފައި ވިނަމަވެސް ރައީސްޔާމީންގެ ކެމްޕެއިން ޓީމާއި އެއްފެންވަރަކަށް އެބޭފުޅުން ކެންޕެއިން ކުރައްވާ މަންޒަރެއް ނުފެނެއެވެ. ކެމްޕެއިން ކުރުމުގައިވެސް ރައީސްޔާމީނަށް ހެޔޮއެދޭ ފަރާތްތަކާއި އެމަނިކުފާނުގެ ޓީމް އުޅުއްވަނީ މާކުރީގައެވެ. އެގޮތުން ގޯއްޗައް ނަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އިސްކޮށް ހުންނަވާ މިވަނީ ކެންޕެއިންނެއް ފައްޓަވާފައެވެ. މިކެމްޕެއިންގެ ތެރެއިން ކެމްޕެއިންޓީމުތަކުން ރައްޔިތުންގެ ގޭގެއަށް ގޮސް އެރައްޔިތުންގެ ހާލަތު ބައްލަވާއިރު މިކަމުގައި އެންމެ އިސްކޮށްއުޅުއްވީ އެމަނިކުފާނުގެ ކެނބިނެޓްގެ ވަޒީރުންނެވެ.އެކި ވަޒީރުން މާލޭގެ ތަފާތު ދާއިރާތަކަށް ވަޑައިގެން ރައްޔިތުންގެ ހާލަތު އެންމެ ގާތުން ބައްލަވާފައިވާއިރު އެބޭފުޅުން ކުރެއްވި މަސައްކަތުގެ ތެރެއިން ފާހަގަވި ކަންތައްތައް ޗެނަލްތާޓީންގެ ޓީމާއި ހިއްސާކުރައްވާފައިވެއެވެ.އެގޮތުން މިއިން ކޮންމެ ބޭފުޅަކުވެސް ވިދާޅުވީ އެބޭފުޅުން ވަޑައިގެންނެވި ހުރިހާ ގެއަކުންވެސް ހޫނުމަރުހަބާއެއް ކިޔާފައިވާކަމަށާއި، އަދި އެފަރާތްތަކުން ރައީސްޔާމިންއަށް ކުރައްވާ ތާއީދު ހާމަކުރައްވާފައިވާކަމަށެވެ. އަދި ރައީސް ޔާމީނަށް މިގައުމަށް ގެންނަވާ ތަރައްގީ އެ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ކަމަށާއި، މިތަރައްގީ ދެމެހެއްޓޭނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވައިގެން ކަން ގަބޫލުކުރައްވާކަމަށެވެ. އެ ރައްޔިތުންގެ ހުރިހާވެސް އުއްމީދަކީ ރައީސްޔާމީން ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުންކަމަށްވެސް އެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ. ބަޔަކު މީހުންނަށް ހަޖަމު ނުކުރެވުނު ކަމުގައިވިޔަސް މިއީ މިއަދުގެ ހަގީގަތެވެ. މިހަގީގަތް ބަދަލުކުރަން މިހާތަނަށް ބަޔަކު މީހުން ޖެހި އެތައްމަޅިއެއްގައި އެންމެ ފަހުން އެބައިމީހުން ވަނީ ޖެހި ނިމިފައެވެ. އެމަޅީގައި ޖެހުނު ބަޔަކު ޖަލުގެ ތޭރި ތަކުގެ ތެރޭގައި ވަގުތު ހޭދަކުރަންޖެހިފައިވާއިރު އަނެއްބަޔަކު ވަނީ އަމިއްލަ ވަޒަން ދޫކޮށް ގައުމުން ބޭރަށް އަރުވާލެވިފައެވެ. މިއަދު ގެ ރައީސުލްޖުމުހޫރިއްޔާ އަކީ ގައުމުދޫކޮށް ވަޑައިގަންނަވާނެ ވެރިއެއް ނޫންކަން އެމަނިކުފާނު ވަނީ އެކެއް ފެބްރުއަރީ ބަޣާވާތާއި ގުޅިގެން ސާބިތުކޮށްދެއްވާފއެވެ. އަދި އެމަނިކުފާނަކީ ގައުމުގެ ކުރިއެރުމާއި ރައްޔިތުން ހެވާއިލާބަޔަށްޓަކާ ކިތަންމެ ބޮޑު ޖަންގަށްޔަކަށް އެއްލައިލިޔަސް ފުރާނަފުޅަށް ބެއްލެވުމެއްނެތި މަގު ކޮށައިގެން އެރައްޔިތުންނާއެކު އަމާން އައްސޭރިއަކަށް ވަޑައިގަންނަވާނެ ބޭފުޅެއްކަން ފިިނިފެންމާ ލޯންޗްގައި ހިންގި ހާދިސާއަށްފަހު އެމަނިކުފާނުވަނީ ސާބިތުކޮށްދެއްވާފައެވެ. މިފަދަ އެތައް ފަހަރެއްގެ މަތިން އެމަނިކުފާނުގެ އަޒުމުވަރުގަދަކަމާއި ހިތްވަރުފުޅުގަދަކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައިވާއިރު، މިގައުމުގެ އިސްތިގްލާލާއި ދީން ރައްކާތެރިކޮށް ބޭއްވުމަށްޓަކައި އެމަނިކުފާނުކުރައްވާފައިވަނީ ކޮންމެ ދިވެހި ރައްޔިތަކުވެސް އަބަދުގެ އަބަދަށް އެމަނިކުފާނަށް ތައުރީފުކުރަން ހައްގުމަސައްކަތްޕުޅުތަކެކެވެ. މިގައުމުގައި އެއްޖިންސުން ކައިވެނިކުރުމާއި ދީނީ މިނިވަންކަން ބޭއްވުމަށް ބަޔަކު ކުރަމުން މަސައްކަތްތަކަށް ބައިނަލްއަގްވާމީ މައިދާނުގައި ނޫނެކޭ ވިދާޅުވީ ޖެހިލުންކުޑަކަމާއެކުގައެވެ. އެމަކުފާނުގެ މިންނެތް މަސައްކަތްޕުޅުން އެމަނިކުފާނުވަނީ މިގައުމަކީވެސް ބައިނަލްއަގްވާމީ މައިދާނުގައި ކުޑަކަކޫ ޖަހަން ނުޖެހޭ ގައުމަކަށް ހައްދަވާފައެވެ. އޭގެ ނަތީޖާއަކީދިވެހިރާއްޖެއަކީ ބައިނަލްއަގްވާމީ މައިދާނުގައިވެސް ބަސްބުނަން ކެރޭގައުމަކަށް ވެގެންދިއުމެވެ. އެމަނިކުފާނު ގެންގުޅުއްވާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އެތައްގައުމުތަކާއި، ވަނީ ގުޅުން ބަދަހިކުރައްވާފައެވެ. އަދި ޚާއްސަކޮށް މުސްލިމް ގައުމުތަކާއި އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހަރުދަނާކުރައްވާފައެވެ. އެމަނިކުފާނު މިގައުމަށް އެއްވެސް ކަމެއް ކޮށްދީފައިނުވޭ ބުނެ ރައްޔިތުންގެ ލޮލުގައި ބަޔަކު އަދުން އަޅުވަން އުޅުނު ނަމަވެސް، މިއަދު ރައްޔިތުން ތިބީ ހޭލާއެވެ. އެރައްޔިތުންގެ ލޮލަށް ތަރައްގީއެބަފެނެއެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާނެ ހެކިތައްވެސް މިއަދު އެބަހުއްޓެވެ. އެހެންކަމުން މިއަދު ތައްޔިތުން ގުބޯ ނުހެއްދޭނެއެވެ. ބަޔަކު ދަމާ ގުއި ރޯނެއްގައި ރައްޔިތުން މިއަދަކު ނުޖެހޭނެއެވެ. އެރައްޔިތުން މިއަދު މާހޭލުންތެެރިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ