ލ. މާބައިދޫ ބަނދަރުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވަނިކޮށް އެ ބަނދަރުގެ ނެރު އޮންނަ ދިމާލާއި މެދު ހިތްހަމަ ނުޖެހި ގިނަ އަދަދެއްގެ ބަޔަކު އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެ ނެރުގެ މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
ބަނދަރު ސަރަހައްދަށް އެއްވެ ނުރުހުން ފާޅުކުރި މީހުން ޑިމާންޑް ކުރަމުން ދިޔައީ ބަނދަރަށް ވަންނަ ނެރު ރަނގަޅު ކޮށްދިނުމަށް އެރަށުގެ ކައުންސިލްގެ އިންފޮމޭޓިވް އޮފިސަރ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި ބަނދަރުގެ މަސައްކަތް ހުއްޓުވާފައެއްނެތް. ރައްޔިތުން ޑިމާންޑް ކުރަމުން ދިޔައީ ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ނެރު ކަނޑާ ދިނުމަށް." އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
އަދި ބަނދަރުގެ މަސައްކަތް ހުއްޓުމެއް ނެތި މިހާރުވެސް ކުރިއަށްދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
މާބައިދޫ ބަނދަރުގެ ނެރުގެ މައްސަލައިގައި ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ