މައުމޫން ހަމީދު ރާއްޖެ ވަޑައިގަންނަވަންދެން ޝަރީއަތް ފަސްކޮށްދޭން އެދިއްޖެ

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލުންގެ ޓީމުގެ އިސް ގާނޫނީ ވަކީލު، މައުމޫން ހަމީދު ނެތް ވަގުތެއްގައި އެއްވެސް ޝަރީއަތެއް ކުރިޔަށް ނުގެންދިޔުމަށް ރައީސް މައުމޫން ކްރިމިނވަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފްއަށް ރައީސް މައުމޫން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ މިދިޔަ މަހު ފަސް ވަނަ ދުވަހު ގާނޫނާ ހިލާފަށް ފުލުހުން އެމަނިކުފާނު "ރަހީނު" ކުރުމަށް ފަހު ޖިނާއީ ބޮޑެތި ގިނަ ތުހުމަތުތަކެއްކޮށްފައިވާ ކަމަށާއި އެ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގެ އެންމެ އިސް ފަރާތްތަކަމުގައިވާ މައުމޫން ހަމީދު މިވަގުތު ހުންނެވީ ރައީސް މަައުމޫން ގާނޫނާ ހިލާފަށް ބަންދު ކުރުމާ ގުޅިގެން އދ. ގެ ކަމާ ބެހޭ ފަރާތްތަކަ ބައްދަލު ކުރުމަށްޓަކައި އެމެރިކާގައި ކަމަށެވެ. އެހެންކަމުން އޭނާ ރާއްޖޭގައި ނެތް ވަގުތެއްގައި ރައީސް މައުމޫންގެ އެއްވެސް މައްސަލައެއް ކޯޓުގައި ކުރިޔަށް ގެންދިޔަމަށް އިއުތިރާޒު ކުރާ ކަމަށާއި އެއްވެސް ޝަރީއަތެއް ކުރިޔަށް ނުގެންދިޔުމަށް އެދޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުގެ ތުހުމަތަށެވެ. އަދި އެ މައްސަލަތަކުގެ ހެކި ފޮރުވުމުގެ ތުހުމަތުވެސް އެމަނިކުފާނަށް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ