ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިރޭ ބައްދަލު ކުރައްވައިފި އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ދިޓީވީ އާއި އިންވެގެން ހުންނަ އުއްޗު ދިރިއުޅުއްވާ އެޕާޓްމަންޓްގައެވެ.
މިރޭ 23:00 ހާއިރުން ފެށިގެން ގާސިމް އާއި އުއްޗު ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އޭގެ 2 ގަޑިއެއްހާއިރު ފަހުން މިނިސްޓަރ އަދީބު ވަނީ އެބައްދަލުވުމަށް ވަޑައިގެންފައެވެ.
ބައްދަލުވުމަށް ފަހު ގާސިމް އާއި އަދީބު ނިކުމެ ވަޑައިގެންނެވީ ދަންވަރު 3:00 ހާއިރު އެވެ. އުއްޗު އާއި ގާސިމް އަދި އަދީބް ބައްދަލުކުރެއްވީ ކޮންކަމަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.
ބައްދަލުވުމަށް ފަހު ނިކުމެ ވަޑައިގެންނެވި ވަގުތު ނޫސްވެރިން ސުވާލު ކުރުމުން އަދީބު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ގާސިމް އާއި ސުވާލު ކުރުމުން ގާސިމް ވިދާޅުވީ ބައްދަލުވުމުގައި ދެއްކެވި ވާހަކަ އެނގެން ނުޖެހޭނެ ކަމަށެވެ.
ގާސިމާއި އަދީބު އަދި އުއްޗު ވަނީ މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުގެ ރޭ ވެސް ބައްދަލުކުރައްވާފައެވެ. އަދީބު އާއި ގާސިމް އަދި އުއްޗު މިރޭ ބައްދަލުކުރެއްވި އިރު ގާސިމްގެ ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާތަކުގެ މައްސަލަ ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން މީރާއިން ވިލާއަށް އަންގާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، އެކައުންޓްތަށް ފްރީޒް ކުރާނެ ކަމަށް ވެއެވެ.
އަދީބު އާއި ގާސިމް އަދި އުއްޗު ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ