އެއާޕޯޓްގެ އެރައިވަލް ޓާމިނަލުން ކަރަންޓް ކެނޑިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އެރައިވަލް ޓާމިނަލުން ކަރަންޓް ދިޔަތާ ބައިގަޑިއެއްހާ އިރުގެ ތެރޭގައި އަލުން ކަރަންޓްދީފި އެވެ. އެއާޕޯޓްގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ދިޔައީ އެރައިވަލް ޓާމިނަލް އާއި އެރައިވަލްގައި ހުރި ޑިއުޓީ ފްރީ ތަންތަނުން ކަމަށެވެ. ކަރަންޓް ދިޔަ މައިގަނޑު ތަނަކީ ޑިޕާޗާ ޓާމިނަލް އެވެ. "އެއީ އިންޖީނަކަށް ދިމާވި ކުއްލި މައްސަލައެއްގައި ދިމާވި ކަމެއް. އެކަން ރަނގަޅު ކޮށްގެން މިހާރު އަލުން ކަރަަންޓް ދީފިން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ