އައިޕީޔޫގެ ޒުވާނުންގެ ބޯޑު މެމްބަރު ކަމަށް ރިފާއު

އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ޒުވާނުންގެ ބޯޑު މެމްބަރު ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހޮވިވަޑައިގެންފި އެވެ.
ރިފާއު މި މަގާމަށް ހޮވި ވަޑައިގެންނެވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 18 ގައުމުގެ ތެރެއިންގެ ތެރެއިން 12 ގައުމުގެ ވޯޓާ އެކުގައެވެ. މި ބޯޑަކީ 45 އަހަރުން ދަށުގެ މެމްބަރުންނަށް ވާދަ ކުރެވޭ ބޯޑެކެވެ.
އައިޕީއޫގެ ޒުވާން ބޯޑުގެ މެމްބަރު ކަމަށް ރިފާއު އިންތިހާބެ ވެޑައިގެންނެވީ ބަންގްލަދޭޝްގައި ކުރިއަށް ގެންދެވި ބައްދަލު ވުމެއްގައި ދެ އަހަރުގެ މުއްދަތަކަށެވެ.
ރިފާއުގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވީ އިރާނާއި މޮންގޯލިއާގެ ކެންޑިޑޭޓުންނެވެ. ރިފާއު އަކީ ރާއްޖޭގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އައިޕީޔޫގެ ބޯޑު މެމްބަރަކަށް އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ މެމްބަރެވެ.
އައިޕީޔޫގެ ގެޒުވާން ބޯޑުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ތެރޭގައި އަށް މެމްބަރުން ހިމެނޭއިރު ރިފާއު އާއެކު އިންޑޮނޭޝިއާގެ މެމްބަރަކުވެސް އިންތިބާބުވެ ވަޑައިގެންނެވިއެވެ.
މީގެ ކުރިން، 2014 ގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެ ބޯޑު މެމްބަރު ކަމަށް ވާދަކުރެއްވި ނަމަވެސް ހޮވިވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ