ބާ އިންޖީނުގެ ހުރި ތަނުގައި ހެދި ސިޓީ ޕާކު ވެސް ހުޅުވައިފި

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ނަލަ ފެހި މާލެ" ޕްރޮގްރާމްގެ ދަށުން، ކުރީގެ ބާއިންޖީނުގޭ ހުރި ތަނުގައި ހެދި "ސިޓީ ޕާކު" ވެސް ރޭ ހުޅުވައިފި އެވެ.
އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކޮށްފައިވާ އެ ޕާކު ރޭ ހުޅުއްވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ ޕާކު ތަރައްގީކޮށްފައި ވަނީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖައްސާލެވޭނެ ގޮތަށެވެ. އެގޮތުން ކުޑަކުދިންނަށް ކުޅެވޭނެ ސާމާނު ބަހައްޓާފައި ހުރި ޒުވާނުންނަށް ކަސްރަތުކުރެވޭނެ ވަސީލަތްތަކާއި އިށީންނާނެ ގިނަ ގޮނޑިތަކެއް ވެސް ބަހައްޓާފައި ހުއްޓެވެ.
މާފަންނު ސޯސަން ސްޓޯރު ކުރިމަތީގައި ހެދި "ފިނި ޕާކު" މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ހުޅުވައިފަ އެވެ.
ނަލަ ފެހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުވާ ޕާކުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ