ބޮލީވުޑުގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކެއިފް ރާއްޖޭ އަތުވެއްޖެއެވެ.
މިއަދު ކެޓްރީނާ ވަނީ އޭނާ ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުގައި އޭނާ ފެންނަނީ މޫދު ފެންނަ ގޮތަށް، ރީތި ހިތުންވުމަކާއެކު އިށީނދެ އިންނަތަނެވެ. ފޮޓޯތައް ހިއްސާކުރަމުން އޭނާ ބުނީ އޭނާގެ “ހެޕީ ޕްލޭސް” ނުވަތަ އެންމެ އުފަލުން ހުންނަ ތަން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން އޭނާ ރާއްޖެއައީ ފޮޓޯޝޫޓަކަށެވެ. އަދި އެ ދަތުރުގައި އޭނާއާއެކު ފިރިމީހާ ވިކީ ކޯޝަލްއެއް ނާދެއެވެ. ވިކީ މި ދުވަސްވަރު އުޅެކީ ސާރާ އަލީ ހާންއާއެކު ކުޅޭ ފިލްމުގެ މަސައްކަތްތަކެއް ނިންމަން އަވަދިނެތިއެވެ.
މިދިޔަ ޑިސެމްބަރުގައި ކައިވެނި ކުރުމަށްފަހު އެ ދެރަތިން ހަނީމޫނަށްވެސް އައީ ރާއްޖެއަށެވެ. ހަނީމޫނުގެ ތެރެއިން އެ ކެޓްރީނާ ހިއްސާކުރި ހަމައެކަނި ފޮޓޯއަކީ ކައިވެންޏަށް އަތުގައި ކުރަަހާފައި ހުރި މެހެނދީ ދައްކާލަން މޫދު ކައިރީގައި ހުރެ ނަގާފައިވާ ފޮޓޯއެވެ.
ވިކީ ނުލައި ކެޓްރީނާ ރާއްޖޭގައި، ބުނީ މިއީ އޭނާގެ “ހެޕީ ޕްލޭސް” ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ