ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ މިމަހު 27ގައި، ކުރިމަތިލާން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަން ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން އެމްޑީޕީން ނިންމައި، ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު ކެންސަރު ބަލީގައި މިދިޔަ އަންގާރަ ދުވަހު އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ އެ ބަލީގައި ހާލު ސީރިއަސްވެ، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ނިންމައިފަ އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ މި މަހުގެެ 27 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެކަމަށް އެދޭ ފޯމު އަންނަ އަންގާރަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ