ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޕީޕީއެމް އާއި ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި ހދ ހަނިމާދޫ ދާއިރާ ތަމްސީލު ކުރައްވާ އެ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ މިރޭ ޕީޕީއެމް އާއި ގުޅިވަޑައިގެންފި އެވެ.
މެމްބަރު ޝަހުދީ ޕީޕީއެމް އާއި ގުޅިވަޑައިގަތީ ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްގެންދާ “އުންމީދީ 16” ޖަލްސާގަ އެވެ. ޕީޕީއެމް އާއި ގުޅިވަޑައިގަތުމުގެ ކުރިން ޝަހުދީ ހުންނެވީ ޖުމްހޫރީ ޕާޓީގަ އެވެ.
ޝަހުދީ ޕީޕީއެމްއާއި ގުޅިވަޑައިގަތުމާއެކު ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ އަދަދު ވަނީ 45 އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ