ރިޔާސީ އިންތިހާބު 2018: ބޮޑު ނިންމުމަށް މުޅި ގައުމު ތައްޔާރު

ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ޖަހާއިރު ވޯޓުލާން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މިއިންތިހާބުގައި ވޯޓުލުމަށްޓަކައި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އާންމުން މިހާރު ވަނީ ކިއު ހަދާފަ އެވެ. މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 262135 މީހަކަށް ލިބިފައިވާއިރު 472 ވޯޓް ފެށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.
ރިޔާސީ އިންތިހާބުގެ ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަކީ ޕީޕީއެމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމު އެވެ.
ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ޖެހުމާ ހަމައަށެވެ.
..................................
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ