އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރަން ނިންމަވައިފި

މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިންނަވަން ނިންމަވައިފިއެވެ.
ކުރިން ޕީޕީއެމްގައި ހުންނެވި އުމަރު ނަސީރު ނަސީރު ޖުމްހޫރީ ޕާރޓީ އާ ގުޅިވޑައިގަންނަވަން އުޅޭ ކަމަށް ހާމަކުރެއްވީ "ވައިބަރ" ގައި އުމަރު އާއްމުކުރި މެސެޖެއްގައެވެ.
އުމަރުގެ މެސެޖުގައި ވިދާޅުވީ އަންނަ ހަފްތާގައި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެކަމަށާއި، އަދި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވަން ނިންމެވީ އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ ތައްޔާރު ކުރުމަށް ކަމުގައެވެ.
މިއީ އުމަރު ނަސީރު ޖޭޕީ އާ ގުޅިވަޑައިގަންނަވާ ދެވަނަ ފަހަރެވެ. 2015 ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި، އުމަރު ނަސީރު ވަނީ ޖޭޕީއިން ވަކިވެވަޑައިގެންފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އިދިކޮޅު ޕާޓީތަށް އިސްވެ ހަރަކާތްތެރިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އާއި މިއަހަރުގެ ކުރީކޮޅު އުމަރު ނަސީރު ވަނީ ބައްދަލުކުރައްވާފައެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވެފައި ވަނީ އެ ބައްދަލުވުވުމަކީ، ޖަމީލް އާއި އޭނާގެ ޓީމާއި 2018 ގެ ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން މަޝްވަރާކުރަށްވަން ކުރެއްވި ބައްދަލުވުމެއް ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ