ރިޔާސީ ޓިކެޓް ލިބުމާއި ގުޅިގެން ރައީސް ނަޝީދުގެ މަރުހަބާ ގާސިމަށް!

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހުރީ ޕާޓީގެ ޓިކެޓު ރަސްމީކޮށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހަވާލުކުރުމާއެކު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޤާސިމަށް ޓިކެޓު ދިނީ ރޭގައެވެ.
އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކުރުމަކީ އެންމެންގެވެސް ވާޖިބެއްކަމަށްވެސް ރައީސް ނަޝީދުގެ ޓްވިޓުގައި ވިދާޅުވެފައިވެއެވެ.
ޤާސިމަށް ޓިކެޓު ދިނީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާއަށް ގިނަ އަދަދަކަށް ގޮނޑި ޖަހައި ކާނިވާ ސަރަހައްދު ތައްޔާރުކޮށްފައި އޮތް ނަމަވެސް ޖަލްސާއަށް ހާޒިރުވި މީހުންގެ އަދަދު މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ގޮނޑިވަނީ ނަގާފައެވެ.
އެގޮތުން ރޭ 8:30 އަށް ގަޑިކިޔައިގެން ބޭއްވި ޖަލްސާ ފެށުނީ ގަނޑިން 10:00 ވީ ފަހުންނެވެ. ޖަލްސާއަށް ހާޒިރުވާނެކަމަށް ލަފާކުރި އަދަދަށް މީހުން ހާޒިރުވެފައިނުވާއިރު، އެ ޖަލްސާގައި ޤާސިމަށް ޓިކެޓު އަރުވާފައިވަނީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.
ޤާސިމަށް ޓިކެޓު އެރުވުމުގެ އިތުރަށް ކެމްޕެއިނުގައި ބޭނުންކުރާ ލޯގޯއާއި ކެމްޕެއިނުގެ ރަސްމީ ލަވަވެސް ރޭގެ ޖަލްސާގައި އިފުތިތާހުކޮށްފައިވެއެވެ. ލަވައާއި ލޯގޯ އިފުތިތާހުކުރެއްވީ ޤާސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ