ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އިބްރާހިމް ޝާޒު ކާމިޔާބުކޮށްފި އެވެ.
އެމްޑީޕީން ބުނީ ޕްރައިމަރީގައި ވޯޓު ދިނުމަށް 844 މީހުން ރަޖިސްޓްރީކުރި ކަމަށެވެ. އޭގެ ތެރެއިން، 311 ވޯޓާއެކު ޕާޓީގެ ޓިކެޓު ކަށަވަރުކުރީ ޝާޒެވެ. މި ޕްރައިމަރީގައި4 މީހަކު ވަނީ ބައިވެރިވެފައެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި އެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރުގެ ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމުންނެވެ. ޕީޕީއެމްގެ ޕާޓީގެ ޓިކެޓު ހޯދުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާ އެކަނި ކަމަށް ވާތީ އޭނާއަށް ވަނީ ޓިކެޓު ދީފަ އެވެ.
ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓު ޝާޒަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ