2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އުމަރު ކެމްޕޭން ފަށައިފި

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ނަސީރު 2028 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ފައްޓަވައިފި އެވެ.މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރާ އެކީ ޖުމްލަ 8 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާ އިރު، ފުރަތަމަ ބުރުގައި އުމުރު ދިޔައީ ހަތަރު ވަނައަށެވެ. އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ. އިންތިހާބުގައި އުމަރު ހޯއްދެވި ނަތީޖާ އަށް ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފައިވެ އެވެ. މިފަހަރުގެ އިންތިޚާބުގެ ނަތީޖާއަކީ އުމަރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޯދި ނަތީޖާއަށް ވުރެ ވެސް ބޮޑު ކުރިއެރުމެކެވެ. އެ ފަހަރު އޭނާއަށް ލިބިވަޑައިގަތީ 2،472 މީހުންގެ ވޯޓާ އެކު އެންމެ ޕަސެންޓެކެވެ.އުމަރު ވަނީ އޭނާގެ ފޮޓޯއަކާއެކު އުމަރު2028ގެ ހޭޝްޓެގް ޖަހާފައިވާ ފޮޓޯއެއް އޭނާފެ ފޭސްބުކްގެ ޕްރޮފައިލް ފޮޓޯއަށް ލައްވައިފައެވެ.އަދި އެ އަހަރު އަންނާނީ މުޅިން އާ މަންޒިލަކަށް ގެނެސްދޭން ކަމަށް ވެސް ބުނެފައި ވެއެވެ.އުމަރު ވިދާޅުވާ ގޮތުން އިސްލާހީ ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އޭނާ ގެންގުޅުއްވާ ވިސްނުންފުޅަށް ދޫދެއްވުމެއް ނެތެވެ. އެއީ، "ޒުވާނުން އިސްލާހް" ކުރުން ކަމަށް ވިއަސް ގައުމު ހަމަ މަގަށް އެޅުވުން ކަމަށް ވިއަސް އޭނާގެ ސިކުނޑި ތައްޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ