ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް މިރޭ ދަރުމަވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ލޮބުވެތި ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ޤައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށެވެ.
އަދި މިރޭ 9 ޖަހާއިރު ދާއިރާގެ ލޮބުވެތި ރައްޔިތުންނާއެކު ބާއްވާ ހަފްލާ ހުރިހައި ރައްޔިތުންނަށް ލައިވް ކުރެވޭނެކަމަށްވެސް އަލީ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށްފަށައި ޕާޓީގެ މެނިފެސްޓޯވެސް މިހާރު އާއްމުކޮށްފައިވާއިރު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިންނާއި ދަރުމަވެރިންނަށް މެނިފެސްޓޯގައި އުންމީދީ ވައުދުތަކެއް ވަނީ ވެފައެވެ.
އެގޮތުން ކުޅުންތެރިން އިންޝުއާ ކުރުމާއި ކުޅިވަރު އެސޯޝިއޭތަކަށް ބިން މިލްކު ކުރެވުމާއި މަދަނީ ޖަމިއްޔާ ބިލްޑިންގ ގާއިމްކޮށް ދަރުމަވެރިންގެ ހައްގު ކަށަވަރުކުރުމާއި ކުޅިވަރުގެ ގާނޫނު އިސްލާހު ކުރުމާއި އައު އީޖާދީ ވިސްނުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ކަށަވަރުކުރުން ހިމެނެއެވެ.
ކުޅިވަރު އެސޯސިއޭޝަންތަކާއި ދަރުމަވެރިންނާ ގާސިމް ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ